logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބޮލީވްޑްގެ ތަރިންގެ ހަމަނުޖެހުންތައް ހައްލުކޮށްދިނުމުގައި މަޝްހޫރު ސިޔާސީ ލީޑަރ ބާބާ ސިއްދީގު ބަޑިޖަހައި މަރާލައިފި

އިންޑިއާގެ މުމްބާއީގެ ބަންދްރާގައި ތިން މީހަކު ބަޑިޖަހައި އިންޑިއާގެ ސިޔާސީ ލީޑަރު ބާބާ ސިއްދީގު މަރާލައިފި އެވެ.

އުރުރުން 66 އަހަރުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ބާބާސިއްދީގު، އަކީ މަހާރާޝްތުރާގެ ސިޔާސީ މައިދާނުގައި އެތައް ޒަމާނެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

ސިޔާސީ ކަންކަމުގެ އިތުރުން އިޖުތިމާއީ މަސައްކަތްތަކާއި ބޮލީވުޑްގެ ތަރިންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ބާބާ ސިއްދީގު އެއްމެ ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ ބޮލީވްޑްގެ އެއްމެ ވާދަވެރި 2 ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ޝާރުކް ޚާން ޢާއި ދެމެދު އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ބާބާ ސިއްދީގު އަދާކޮށްދީފައިވާ މެދުވެރިއެއްގެ ރޯލުންނެވެ.

ސިޔާސީ ކަންކމުގެ އިތުރަށް ބާބާ ސިއްދީގު އަކީ ބޮލީވްޑް ގެ ހުރިހާ ތަރިންވެސް ބައިވެރިކޮށްގެނ ބޮޑެރި ޗެރިޓީ އިވެންޓްތައް ބާއްވަމުން އަންނަ ފަރާތެކެވެ.

ރޭ ސިއްދީގު އޭނާގެ ދަރިފުޅު ޒީޝާންގެ އޮފީހަށް ނުކުމެ އުޅެނިކޮށް އޭނާގެ ގަޔަށް ބަދިޖެހުމާއެކ ުވަގުތުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *