logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އިތުރު ނުވަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 9 ބިދޭސީންނަކީ އެތަން ތަނުން ގެންދިޔަ މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ އިމިގްރޭޝަންނާއި ފުލުހުންނާ ގުޅިގެންނެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނީ މި މަސައްކަތުގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި "އިމިގްރޭޝަން އޮފިސަ ޓްރެއިނީސް" ބައިވެރިވާ ކަމަށެވެެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ކުރަމުންނެވެ.

މި ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *