logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފެންހިންދާ ވަގުތީ ނިޒާމް ވަރަށް އަވަހަށް ނިމޭނެ: މިނިސްޓްރީ

ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ގާއިމުކުރަމުންދާ ވަގުތީ ނިޒާމުގެ މަސައްކަތް މިމަހު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކޮށްފި އެވެ.

ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭގެ ހަ ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމު ގާއިމުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ގޮތުން ވެސްޓް ޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދާއި ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމުކުރި ނިޒާމުތައް މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ.

މީގެ އިތުރުން ރަސްފަންނު ސަރަހައްދާއި އަމީނީމަގު ޓީވީ ބިލްޑިންގް ސަރަހައްދުގެ އިތުރުން އާޓިފިޝަލް ބީޗް ސަރަހައްދުގައި މި ނިޒާމު ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮންސްޓަކްޝަން މިނިސްޓްރީން ބުނީ އެ ނިޒާމުތައް މި މަސް ނިމުމުގެ ކުރިން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ބައެއް ސަރަހައްދުތަކުގައި މިހާރު ބޮޑެތި ޕަމްޕްތައް ބަހައްޓާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ ގޮތުން ކުޑަކުދިންގެ ބަގީޗާ ސަރަހައްދާއި އަހުމަދިއްޔާ ސްކޫލު ކައިރި ޕާކިން ޒޯން އަދި ސްޓޭޑިއަމް ތެރޭގައި ހުރި ނުވަ ކިލޯވޮޓްގެ ޕަމްޕުގެ ބަދަލުގައި 20 ކިލޯވޮޓުގެ ދެ ޕަންޕު ބަހައްޓާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *