logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އިންޑިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ބަދަލުކުރަނީ

އިންޑިއާއަށް އަކަޑައަޅާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަނުކުރުމަށް މަޖިލިސްގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި 2 ވަނައަށް ތާވަލުކޮށްފައި އޮތް މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރ: 20/2020 (ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރިޕަޕްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލައާއިގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަހީބް ގެ ބަދަލުގައި އެހެން ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރައްވާއިރު ޝަހީބު އެމަގާމުން ވަކުކުރެއްވިކަމެއް، އިސްތިއުފާ ދެއްވިކަމެއް ނުވަތަ އެހެން މަޤާމަކަށް ބަދަލު ކުރެއްވިކަމެއް އަދި ސާފު ނުވެއެވެ.

ޝަހީބް އެމަގާމަށް 2022 ވަނަ އަހަރު އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓަރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަގާމުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *