logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރައީސް އެދިވަޑައިގަތީ ފުއާދުގެ ބަދަލުގައި ހަސީބު އިލެކްޝަންސް ކޮމިޝަނަށް އައްޔަންކޮށް ދެއްވުމަށް

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީ އިދާރީ މޭޒުން ހުށަހަޅާފައިވެ އެވެ.

އިލެކްޝަންސްގެ ގާނޫނުގެ ދަށުން ފުވާދުގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 12 ދުވަހު ރައީސް އޮފީހުން ހުޅުވާލި އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި ކުރިމަތިލީމީހުންގެ ތެރޭގައި ހިމެނޭ ހަސީބްގެ ނަން ފާސްކޮށްދިނުމަށް އެ ސިޓީގައި ރައީސް އެދިވަޑައިގެންފައިވެ އެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ, މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މީގެ ކުރިން ވެސް އީސީގެ ރައީސްކަން ކުރައްވާފައިވާ ފުއާދު މިހާރު އަދާކުރަމުންދާ މަގާމަށް އައްޔަންކުރައްވާފައިވަނީ 2019 ގަ އެވެ.

ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭސިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމްވެސް އަދާކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހުރިހާ އެއްޗެ ފުރުވީ އިރު އިލެކްސަންގެ މަގާމެއް ފުރުވާފައި ނުވާތީ ތަޖްރިބާ ކިހިނެއް ވާނެތޯ ސުވާލް އުފެދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *