logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މުރައިދޫގޭގެ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ރައީސް އެދިވަޑައިގެންފި؛ ކޮމިޓީ ބައްދަލުވުން މިއަދު ހަވީރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމުގައި މުރައިދޫގޭގައި ތިބި މުވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ވަނީ ނިންމައިފަ އެވެ. މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރަން ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

ކޮމިޓީން މިއަދު މިގޮތަށް ނިންމާފައިވަނިކޮށް، 241 ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު ހަވީރު 16:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *