logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން އަންނަމަހު 15 އިން ފެށިގެން މަނާކުރަން ރައީސް އަންގަވައިފި

ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި އެތެރެކުރުން މަނާކުރަން ރައީސް ޑރ.މުއިއްޒު ކަމާބެހޭ މުވައްސަސާތަކަށް އަންގަވައިފިއެވެ.

ވޭޕްކުރުމާއި ވޭޕްކުރުމަށް ބޭނުންކުރާތަކެތި ބޭނުންކުރުމާ ވިއްކުމާ އެތެރެކުރުން މަނާކުރުމަށް ކަމާބެހޭ މުވައްސަސާތަކަށް އެންގެވިކަން ހާމަކޮސް ރައީސް ޑރ.މުޙައްމަދު މުއިއްޒު ފޭސްބުކު ގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ 15 ޑިސެމްބަރުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ އެއްމެހާ ތަކެތި އެތެރެކުރުން މަނާކުރުމަށާއި، 15 ޑިސެމްބަރުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ގެންގުޅުމާއި ބޭނުންކުރުމާއި ވިއްކުން މަނާކުރަން ކަމާ ގުޅުންހުރިު މުވައްސަސާތަކަށް އަންގާފައިވާކަމަށެވެ.

"ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން. "

ވޭޕްކުރުން ހުއްޓާލުމަށް ގޮވާލައި އެޑިއުކޭޝަން މިނިސްޓަރީއާއި ސުކޫލުތަކާއި ޕޭރަންޓުން ގުޅިގެން ޕެޓިޝަނެއް ތައްޔާރުކޮށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާގުޅުންހުރި މުވައްސަސާތަކަށް ޕެޓިޝަނެއް ވަނީ ހުށަހަޅާ ފައެވެ. އޭގެ އިތުރުން ނަރުހުންގެ ޖަމްއިއްޔާއިންވެސްވަނީ ވޭޕް އެތެރެކުރުން މަނާކުރުމަށް ގޮވާލާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ