logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ޗައިނާ ކުންފުންޏާއި ސްޓެލްކޯއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމް ކުރުމަށް ޗައިނާގެ ކުންފުންޏަކަށް

ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމާއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް އެވެ.

ޗައިނާ ކުންފުންޏާއި ސްޓެލްކޯއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޗައިނާ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑަކީ މިދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު 10 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ޗައިނާގައި 1938 ވަނަ އަހަރު އުފައްދާފައިވާ ޓީބީއީއޭ ގްރޫޕަކީ ހަކަތައާއި ކަރަންޓުގެ ދާއިރާއާއި ގުޅޭ ތަކެތި އުފައްދާ ކުންފުންޏެއްގެ އިތުރުން ހިއްސާގެ ބާޒާރުގައިވެސް ލިސްްޓްކޮށްފައިވާ ކުންފުންޏެކެވެ.

އެމްއޯޔޫގެ ދަށުން ކުރާނެ ކަންކަން
ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުން: މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭ ގޮތަށް މިސަރަހައްދުގެ ހަކަތައަށް ބޭނުންވާ މިންވަރު ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް އެޅުން.
150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެ އެޅުން: ކަރަންޓް އުފެއްދުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްގީކޮށް، ސްޓޭބަލް އަދި އިތުބާރު ހުރި ގޮތަކަށް ހަކަތަ ނުވަތަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށްދިނުން.
އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމ ވިދާޅުވީ މި އެމްއޯޔޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *