logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފީނަން ފޭބި އަލިފުށީ ޒުވާނަކު ނިޔާވެއްޖެ

ރ. އަލިފުށީގައި ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު ޒުވާނެކެވެ.

ކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސް ހިފަން މޫދަށް ފައިބާ ވަނީ އެ ޒުވާނާ އާއެކު އިތުރު ދެ މީހުން ކަމަށެވެ. މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:08 ހާއިރު އެވެ.

"އެ މީހާ ނަގައިގެން ރަށު ހެލްތު ސެންޓަރަށް ވަނީ ގެންގޮސްފައި. އެ މީހާ ނިޔާވެފައިވާ ކަަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" މެސެޖުގައިވެ އެވެ.

ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބޭ ގޮތުން ނިޔާވީ އަލިފުއްޓަށް އުފަން ނަބީހު ހަސަނެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އަލިފުށި ދެކުނު ފަރާތު ކަނޑުއަޑިންނެވެ. ހަށިގަނޑު ފެނުން މައްޗަށް ނަގާފައި ވަނީ ޑައިވަރުންގެ ޓީމަކުން ކަމަށްވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *