logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފިލިޕީންސް އާއި ރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފިލިޕީންސް އާއި ރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ހަވާސާގައި ރާއްޖޭގެ ދިފާއީ ވަޒީރާއި ފިލިޕީންސްގެ ސެކްރެޓަރީ އޮފް ނޭޝަނަލް ޑިފެންސް ގިލްބަރޓޯ ތިއޮޑޯރޯ ޖޫނިއާއާއެކު ބޭއްވި ބައްދަލުވުމުގައި ދިފާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުންނާއި، ދިފާއީ ކަންކމުގައި ދެގައުމުން އެއްބާރުލުން ދެވިދާނެ  ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއާއި މިލިޓަރީ ސެކްރެޓަރީ ކާނަލް ޙަސަން ބުޝްރީ ބައިވެރިވެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ