logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ޑިންގީ ބަންޑުންޖަހާލައި ކަނޑުވި ބަޔަކު ކޯސްޓްގާޑުން ސަލާމަތްކޮށްފި

3 މީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުންޖަހާލައި ކަނޑުވި ބަޔަކު އެމްއެންޑީއެފް ގެ ކޯސްޓްގާޑުން ސަލާމަތް ކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ 3 މީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީއެއް ބަންޑުންޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:11 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު، ބަންޑުންޖަހާލާފައިވާ ޑިންގީ އާއި 3 މީހުން ހޯދާފާއިވާކަމަށެވެ.

އެކަން ހާމަކޮށް އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޯސްޓްގާޑް ގެ އުލަނދު އެހިސާބަސް ދިޔައިރު ޑިންގީން މަހަށް ނިކުމެ އުޅުނު 3 މީހުންވެސް ތިބީ ބަންޑުންޖަހާލާފައިވާ ޑިންގީގެ މަތީގައެވެ.

ކޯސްޓޓް ގާޑުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމީހުން ފެނިފައިވަނީ ޑިންގީ ބަންޑުންޖަހާލައިގެން އެކަމުގެ ރިޕޯޓް ކުރިތާ 3 ގޑިއިރު ފަހުންނަނެވެ. ނަމަވެސް މިއަދަކީ މާލެ ސަރަހައްދަށް މޫސުން އެހާ ގޯސް ދުވަހަކަށްނުވާތީ ވީޑިޯއިން ފެންނަ ގޮތުން އެމީހުންގެ ހާލު އެހާގޯސް ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ