logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ސިފައިން ކޯސްޓްގާޑް އުޅަނދެއްގައި ހަރަކާތްތެރިވަނީ. ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ހުރި ގޮތް ބެލުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައި.

ޗުއްޓީއާ ދިމާކޮށް ކަނޑުއުޅަނދުފަހަރުގެ ރައްކާތެރިކަން ހުރި ގޮތް ސިފައިން ބަލަނީ

ސްކޫލްތަކުގެ ފުރަތަމާ ޓާމް ޗުއްޓީގައި މާލެއާ އެހެން ރަށްތަކާ ދެމެދު ކުރާ ދަތުރުތައް އިތުރުވެފައި ވާތީ ކަނޑު އުޅަނދު ފަހަރުގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޅަނދު ފަހަރުގައި އަޅާފައިވޭތޯ ބެލުމުގެ އޮޕަރޭޝަނެއް ކޯސްޓްގާޑުން ފެށީ ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި މި ދުސްވަރު ރާއްޖޭގެ މޫސުން ގޯސްވީމާ ކަމަށެވެ. "އޮޕްސް ހަޅަ" ގެ ނަމުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ބަލާނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެވެ. މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުން އޭގެ ތެރޭގައި ހިމެނެ އެވެ. 

"… މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ،" އެމްއެންޑީއެފުން މީޑިއާތަކަށް މިއަދު ފޮނުވި މައުލޫމާތުގައި ބުންޏެވެ.

އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން އަންނަ ޖެނުއަރީމަހުގެ އަށް ވަނަ ދުވަހާ ހަަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *