logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

އުމުރުން ދުވަސްވަނީ ދުޅަހެކަންމަތީގައިތޯ ދެނެގަންނާނެ ލުއި ގޮތެއް

އުމުރުން 50 އަހަރުން މަތީގެ މީހުން އެއްފައި މައްޗަށް ކޮޅަށް ހުރެގެން ތިމާގެ ސިހަތުގެ ދޮޅަހެޔޮކަން ދެނެގަނެވިދާނެކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

ޕްލޮސް ވަން ޖާނަލް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 50 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްފައިމައްޗަށް 30 ސިކުންތު ވަންދެއް ކޮޅަށް ހުރެވޭނަމަ އެމީހަކީ ދުޅަހެޔޮގޮތުގައި އެމީހާގެ ދޮށީ އުމުރު ހޭދަކުރަމުންދާ މީހެއްކަމުގައި ބުނެފައިވެއެވެ.

އެ ދިރާސާގެ ސީނިއާ ރިސާޗަރ ގޮތުގައި ޙަރަކާތްތެރިވި ކެންޓަން ކައުފްމަން ބުނެފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހެއް އެމީހާއަކީ ދުޅަހެޔޮ މީހެއްކަމުގައި ކަނޑައެޅާނެ އެއްމެ މުހިއްމު އެއްކަމަކީ އެމީހާގެ ހަށިގަނޑު ބެލެސްކުރުމުގެ ގާބިލްކަން ހުރި މިންވަރެވެ. އެއީ އެމީހާގެ ހަށިގަނޑު ބެލެންސް ކުރެވޭނީ އެމީހާގެ ހަށިގަނޑުގައި ހުންނަ މަސްތަކުގެ ވަރުހުރި މިންވަރުގެ މައްޗަށާއި، ވެސްޓިބިއުލާ ސިސްޓަމު އަދި ސޮމާޓޯސެންސަރީ ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާ މީހުންނަށް ކަމަށްވާތީއެވެ.

ވެސްޓިބިއުލާ ސިސްޓަމް އަކީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ހިއްސުތަކާއި ގުޅޭ ސިސްޓަމެވެ. ހަށިގަނޑުގެ މި ސިސްޓަމުގެ ބޭނުމަކީ ހަށިގަނޑު  ބެލެންސްކުރުމަށް ގުނަވަންތައް ކޯޑިނޭޓްކުރުމަށް ބޭނުންވާ  ސެންސަރީ ސިގްނަލް ފޮނުވައިދިނުމެވެ. ވެސްޓިބުލަރ ސިސްޓަމްގެ ތެރޭގައި އިންސާނާގެ ކަންފަތުގެ އެތެރޭގައި ހިމެނޭ ސެންސަރީ އޯގަންސްތައް ހިމެނެއެވެ.

ސޮމާޓޯސެންސަރީ ސިސްޓަމް އަކީ އިންސާނާގެ  ހަށިގަނޑުގެ ބޭރާއި އެތެރެއިން އިހްސާސްވާ ތަދު، ޕްރެޝަރ، ޓެމްޕަރޭޗަރ އަދި ޖޮއިންޓް ޕޮޒިޝަން ސިކުނޑިއަށް ފޮނުވައިދޭ ނާރުގެ ސިސްޓަމެެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *