logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި: އެޗްޑީސީ

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކަން އަލުން ފަށާފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ އެކްސް އެކައުންޓުގައި މިއަދު ކޮސްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން މިއަދު ފަށާފައިވަ ކަމަށާއި އެގޮތުން ރަސްމާލެ އެފް ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

އެއްމެ ފުރަތަމަތަ ރަސްމާލޭގެ ބިން ހިއްކުމަށް ހަވާލުކޮސްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެވެ. އެ ކުންފުންޏަށް ހުޅުމާލެއިންނާއި ރަސްމާލެއިން 70 ހެކްޓަރުގެ ބިން ދޭގޮތަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށި މަސައްކަތް ވަކި ހިސާބަކުން މަޑުޖެހި މިހާރު ވަނީ އެކުންފުންޏާއެކު ވަފައިވާ އެއްބަސްވުން އުވާލކާފައެވެ. އެ މަސައްކަތް އޭރު ފަށާފައިވަނީ 1153 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލާގޮތަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ