logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

ކެފޭ ޑި’މާލެ އަށް ވަދެ ތަކެއްޗައް ގެންލުންދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި

މޫނު ނިވާކޮށްގެން ތިބެ ކެފޭ ޑި’މާލެއަށް ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެލްމެޓާއި ސާޖިކަލް މާސްކް އަޅައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ޑި’މާލެއަށް ވަދެ، މަރުތެޔޮ ބޭނުންކޮށްގެން އެ ކެފޭގެ ތަކެއްޗަށް ގެއްލުންދީފައިވަނީ ކުރީ ބައިގައި ރާވައިގެން ކަމަށެވެ. އަދި ކެފޭއަށް ދިން ގެއްލުންތަކުގެ ތެރޭގައި ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލުމާއި، ހެދިކާ ޑިސްޕްލޭ ކުރުމަށް ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލުމުގެ އިތުރުން. ކެފޭގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ފުލުހުން ބުނެފައިވަނީ ހަމަލާ ދިނުމަށްފަހު، އެކަމަށް ބޭނުންކުރި ތަކެއްޗާއި ހެލްމެޓް އިމާރާތްކުރަމުންދާ ތަނަކަށް އެއްލާލާފައިވާ ކަމަށާއި، ފުލުހުންގެ ތަޙުޤީޤު ޓީމުން އެ ތަކެތި ހޯދާފައިވާކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ތަކެއްޗަށް ގެއްލުންދިނުމުގައި ހަރަކާތްތެރިވި 2 މީހުންނާއި، އެ ތަން ވީޑިއޯކުރި މީހާ ހިމެނޭކަމަށެވެ.

ހަމަލާގައި ބައިވެރިވި އެކަކީ 18 އަހަރު ނުވާ ކުޑަކުއްޖެއްކަމަށާއި، ހުރިހާ ފަރާތަކީވެސް ކުށްކުރުމުގެ ރެކޯޑު އޮތް ފަރާތްތަކެއްކަން ފުލުހުން ހާމަކުރި ވަނީ ހާމަކޮށްފައެވެ. އަދި ހަމަލާ ދީފައިވަނީ މިހާރު ގޭންގުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަސާއި އެ ޚިޔާލު ތަފާތުވުންތަކަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *