logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ސީ-ޓު އެއާ ކާގޯގެ ޙިދުމަތް ފެށިފަހުން 3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: އެމްޕީއެލް ސީއީއޯ ވަޖީހް

ސީ-ޓު އެއާ ކާގޯގެ ހިދުމަތުން ރާއްޖެއަށް މިހާތަނަށް 3 މިލިއަން ޑޮލަރު ލިބިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ސީއީއޯ ވަޖީހް ބުނެފި އެވެ.

މި ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.މިއަހަރުގެ މެއި މަހު ފެށި ސީ-ޓު އެއާ ކާގޯ ގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެމަގުން އެހެން ގައުމުތަކަށް ފޮނުވުމުގެ ޚިދުމަތް މުޅި ދުނިޔެއަށް ހުޅުވާލުމަށްޓަކައި ފަށާފައިވާ މަސައްކަތެކެވެ.

އެމްޕީއެލް އިން ހާމަކުރި ގޮތުގައި މިހާތަނަށް ކަނޑުމަގުން ރާއްޖެ ގެނައި 210 ކޮންޓެއިނަރުން 1008000 ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވިފަ އެވެ. އެގޮތުން މުދާ ފޮނުވި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެ ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ