logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ނުހިންގޭވަރަށް މިދިޔަ ސަރުކާރުން މަޝްރޫޢުތައް ފަށާފައިއެބަހުރި: މިނިސްޓަރ މުއްތަލިބް

ދައުލަތުގެ ބަޖެޓުން ނުހިންގޭނެ ވަރަށް މިދިޔަ ސަރުކާރުން މަޝްރޫއުތައް ފަށާފައިއެބަހުރިކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ އަގު 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. ސަބަބަކީ މަޝްރޫއުތައް ހިންގުމުގެ އިތުރަށް ދައުލަތުން ޚަރަދު ކުރުމުގައި ދިވެހި ދައުލަތައް ލިބޭ އާމްދަނީއާއި ލޯނުތަކުން ލިބޭ ފައިސާއަށްވެސް ރިޔާއަތްކުރަންޖެހޭ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ސަރުކާރު ބަދަލުވެގެންއައި އިރު ކުރީ ސަރުކާރުން މ،ިއަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ގިނަ މަޝްރޫޢުތަކަށް ޖަހާފައި އޮތީ ވަރަށް ކުޑަ އަދަދެއްގެ ފައިސާކަމަށާއި، އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސަރުކާރުން ފައިސާ ހިމަނާފައިވާނީ އެންވެލޮޕްއެއްގެ ތެރެއިން މަސްރޫޢުތައް ކުރިއަށްގެންދިއުމަށް ކަމަށާއި، އެގޮތުން ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫޢުއެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފައި އެއޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް

އެހެންވީމާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާ ގޮތަށް

މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *