logo minivan

English

އަންގާރަ, 21 މެއި 2024

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

މާލެ އާއި ހުޅުމާލެ ގުޅުވާފައިވާ ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބްރިޖް އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ސެކަންޑް ހާބަ އިންޖިނިއަރިން ކޮމްޕެނީ އަށް ހަވާލުކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު ހަވާލުކުރި މި މަސައްކަތުގެ ތެރޭގައި ސިނަމާލެ ބްރިޖަށް މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުމާއި، މެއިންޓެނަންސް މަސައްކަތުގެ ރެކޯޑު ބަލަހައްޓާނެ ނިޒާމެއް ހެދުމާއި، ޕްރިވެންޓިވް މެއިންޓެނަންސް އަދި މައްސަލަތައް ދެނެގަތުމާއި ގުޅޭ އެސެސްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން، ބްރިޖްހގެ މެއިންޓެނަންސް މަސައްކަތަށް ދިވެހި ޓެކްނީޝަނުންގެ ގާބިލުކަން އުފެއްދުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތު ނިމުމުން މެއިންޓެނަންސް މަސައްކަތާ ހަވާލުވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް ޓީމުގެ ބެލުމުގެ ދަށުން މެއިންޓެނެންސް މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މި މަސައްކަތަށް ދިވެހިން ތަމްރީން ކުރަނީ ބްރިޖް އިންޖިނިއަރިން، ރޯޑް އިންޖިނިއަރިން، އިލެކްޓްރޯލް މެކޭނިކަލް، ޓްރެފިކް ސޭފްޓީ، ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖް މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

3.6 މިލިއަން ޑޮލަރު ހަރަދުވާ މި މަސައްކަތަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީއެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި ކޮންމެ ހަ މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު އެއް ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *