logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

އެމްއެންޑީއެފް އިން "ރަންނަމާރި ހަންޓް" ފަށައިފި

އެމްއެންޑީއެފް އިން ބާއްވަމުންއަންނަ "ރަންނަމާރި ހަންޓް" ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން ހާމަކޮށްފައިވާ ގޮތުގައި ޑިސެމްބަރ 8 އިން 19 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދާ އެ އެކްސަސައިޒްގައި އެމްއެންޑީއެފްގެ ހުރިހާ ކޯތަކެއް ސިފައިން ހިމެނޭ ގޮތުން ޖުމްލަ 39 ސިފައިން ބައިވެރިވެއެވެ. އެމްއެންޑީއެފް "ރަންނަމާރި ހަންޓް" ގެ މަޤުޞަދަކީ އެމްއެންޑީއެފް ގެ އެކި ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، އެކަން ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެކްސަސައިޒް "ރަންނަމާރި ހަންޓް" ފައްތަވައިދެއްވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާޙީމް ޙިލްމީ އެވެ. އެމަނިކުފާނުގެ އިތުރުން އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ހުރިހާ ކޯތަކުގެ ކޮމަޑާންޓުން ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *