މާލޭގެ މަގުތަކުން ފެންހިންދަން ސިފައިން ނިކުމެއްޖެއެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ. ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް އިން މީގެ ކުރިން ބުނެފައިވަނީ އާ އަހަރުގެ ފުރަތަމަ 5 ދުވަހު (2025 ޖެނުއަރީ 1 އިން 5 އަށް) މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން އަދި ދެކުނުގެ އިތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގާތްގަނޑަކަށް އެވްރެޖްކޮށް 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭ ކަމަށެވެ.
އަދި މިއަދު އެ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިއަދުގެ އިރިއޮއްސި 18:30 އާއި ހަމައަށް މޯލްޑިވްސް މީޓިއޮރޮލިކަލް ސާވިސް އިން ޔެލޯ އެލާޓް ނެރެފައިވާއިރު މިއަދުގެ ހަވީރު 15:30 އިންފެށިގެން 18:30 އަށް ލ.އަތޮޅަށްވެސް އެ އޮތޯރިޓީން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.