logo minivan

English

ހުކުރު, 10 ޖެނުއަރީ 2025

މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީ ކޮށްފި

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކޮށް ނިންމާލައިފި އެވެ.

މިއީ ސަރުކާރުގެ ސުކޫލުތަކުގެ ތެރެއިން، ހުރހާ ކްލާސްރޫމެއް އޭސީކުރި ދެވަނަ ސުކޫލް އެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ”ކޫލް ސްކޫލް“ ޕްރޮގްރާމުގެ ދަށުން ފަށާފައިވާ މަޝްރޫޢެއް ނަމަވެސް، މި މަސައްކަތްކުރީ މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިން އިސްނަގައިގެންނެވެ. އަދި މުޅި މަޝްރޫއަށް ހަރަދުކުރީވެސް ބެލެނިވެރިންނެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހު ވިދާޅުވި ގޮތުގައި މިއީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އަދި މި ހުވަފެން ޙަޤީޤަތަކަށް ވުމުން ވަރަށް އުފާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކްލާސްރޫމްތަކަށް މި ގެނެވުނު ބަދަލާ އެކު ކުދިންގެ ކިޔެވުމުގެ މާޙައުލަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖަވިޔަނި ނޫހަށް މަޢުލޫމާތު ދެއްވި އެ ސްކޫލުގެ ބެލެނިވެރިއެއް ބުނި ގޮތުގައި މިއީ ބެލެނިވެރިންގެ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެކެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި އިންޓަވަލް ވިއްކުން ފަދަ ޙަރަކާތްތައް ހިންގައި، ގިނަ ބެލެނިވެރިން ރޭގަނޑު ދަންވަރުގައިވެސް ކަރަންޓާއި ވައިރިންގ މަސައްކަތުގައި އުޅެފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *