އަލިފާނުގައި ލޮސްއެންޖެލިސްއަށް ލިބެމުންދާ ގެއްލުން 135 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައިފި ކަމަށް އެމެރިކާކެ ނިއުސް ރިޕޯޓް ތަކުން ބުނެފިއެވެ.
ލޮސްއެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ބޮޑު އަލިފާންގަނޑު ތަކަކީ އެމެރިކާގެ ތާރީހުގައި ވެސް އެ ސްޓޭޓްގައި ހިނގާފައިނުވާވަރުގެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާއަކަށްވެފައިވާއިރު މިހާރުވެސް ލޮސްއެންޖެލިސްއަށް އަލިފާނުން ލިބިފައިވާ ގެއްލުމުގެ އަންދާޒާ އަގު 135 ބިލިއަން ޑޮލަރަށްވުރެ ވަނީ މައްޗަށް އަރާފައެވެ. ޕްރައިވެޓް ފޯކާސްޓަރ އެކިއުވެދާ އިން ނެރެފައިވާ އިބްތިދާއީ އަންދާޒާއެއްގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާތަކުގައި އެމެރިކާގެ އެންމެ އަގުބޮޑު ހޮޓާތަކާއި ގެތަށް ހުރި އެއް ސަހަރު ކަމަށްވާ ލޮސްއެންޖެލިސް ގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން 135 ބިލިއަން ޑޮލަރާއި 150 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މޯނިންސްޓާ އާއި ޖޭޕީ މޯގަން ފަދަ ކުންފުނިތަކުގެ އެނަލިސްޓުން ވަނީ އިންޝުއަރެންސްގެ ގޮތުގައި އަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.
ފަޔަރ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ ލޮސްއެންޖެލިސްގެ ޕަލިސޭޑެސް އިން އަލިފާނުގެ ހާދިސާގައި 5،300 އަށް ވުރެ ގިނަ އިމާރާތް ހަލާކުވެފައިވާއިރު، ލޮސްއެންޖެލިސްގެ އީޓަން އިން 5،000 އަށް ވުރެ ގިނަ އިމާރާތް އަނދާފައިވާކަމަށެވެ. އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުންދާއިރު، ލިބުނު ގެއްލުމުގެ އަންދާޒާ އަދިވެސް ދަނީ މައްޗަށް ކަމަށް ވަނީ ބެލެވިފައެވެ.
އެކިއުވެދާ ގެ ޗީފް މީޓިއޮރޮލޮޖިސްޓް ޖޮނަތަން ޕޯޓާ ވިދާޅުވި ގޮތުގައި ވައިބާރުވުމުގެ ސަބަބުން، އަލިފާންގަނޑުތައް ފެތުރެމުންދާލެއް ހަލުވި ކަމާއެކު މި އަލިފާންގަނޑު ތަކަކީ ފަހުގެ ތާރީހުގައި އެމެރިކާގައި އެއްމެ ހަލުވިކަމާއެކު އެއްމެ ބޮށް ފެތުރި ނުރައްކާ އެއްމެބޮޑު އަލިފާނުގެ ހާދިސާއަށް ވަނީ ވެފައެވެ.