logo minivan

English

ހުކުރު, 26 އޭޕްރިލް 2024

ސްޕޯޓްސް އެވޯޑަށް ލެޖެންޑުންނާއި މެހެމާނުން ގެނައުމަށް 2.5 މިލިއަން ރުފިޔާ ހަރަދުކުރި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭރުގެ މެހެމާނުންނާއި ލެޖެންޑުން ގެނައުމަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

އެވޯޑް ހަފްލާއަށް މެހެމާނުންނާއި ލެޖެންޑުން ގެނައުމަށް ކުރި ހަރަދު ޔޫތު މިނިސްޓްރީން އާއްމުކޮށްފައިވާއިރު، އެ މައުލޫމާތުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ، ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް، ރޮބާޓޯ ކާލޯސް ގެނައުމަށެވެ. އެގޮތުން އޭނާ ގެނައުމަށް  248،570 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ، ސްޕޯޓްސް އެވޯޑަކީ އެންމެ ކުޑަ ހަރަދަކުން މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިވެންޓު ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މަހުލޫފު އެހެން ވިދާޅުވެފައިވަނީ، ސްޕޯޓްސް އެވޯޑަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވުމާއެކުގައެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މަހުލޫފު އެއިރު ވިދާޅުވެފައިވަނީ، 30 މިލިއަން ރުފިޔާއިން އެފަދަ ހަ އިވެންޓު ބޭއްވޭނެ ކަމަށެވެ.

އެވޯޑް ހަފުލާއަށް ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑު ސަނަތު ޖަޔަސޫރިޔާއާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާއާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯއެކު އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ގެނެސްފައިވެއެވެ.

އޭގެ އިތުރުން ހަފުލާގައި ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކުރީގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ އަދި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމޭރޯ ވެސް ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *