logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް ޓުވީޓުކުރަމުންދިޔަ ދިވެއްސެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޓްވީޓާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ޓުވީޓުތައް ކޮށްފައިވާ އެކައުންޓް މިހާރު ފެންނަން ނެތް ނަމަވެސް، އެކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނީ،  އެފަދަ މައްސަލައެއްް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ޓުވިޓާއެކައުންޓް މިހާރު ޑީއެކްޓިވޭޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން މާތްﷲއާއި ރަސޫލާއަށް ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ބައެއް ދިވެހިން ފުރައްސާރަކޮށް ތައުހީނުކުރާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ފަރާތްތައް ހައްޔަރުކޮށް ދައުވާކޮށްފައިވެސް ވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *