logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 17.63 ރ އަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 22.66 ރ އަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯ އިން ވަނީ މީގެ ކުރިންވެސް މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން އޭރު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.68ރ އަށް އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 15.00ރ އަށް ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދައުލަތުގެ ވިޔަފާރި ކުންފުނިން ދައުލަތުގެ އިސް ވެރިން ހިއްޕަވަން ގެނައި ވިލާތު ސަރުބަތު ހިފެއްޓީމާ ގުޅިގެން އެ ހަރަދު ފޫބެއްދުމަށް މަސްވެރިނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރީ. ޢަންދާ ޤާނޫނު. ޢިންޑިޔާ އައުޓް. ޢަންދާ ޤާނޫނު. ޢިންޑިޔާ އައުޓް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *