logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިންޠިޤާލީ އިންސާފްގެ އޮފީސް: ބޭއިންސާފު ވެފައިވާ ފަރާތްތަކަށް އޮތް އުންމީދެއް!

އަދުލު އިންސާފް އަކީ ކޮންމެ މުޖުތަމަޢުއެއްގައިވެސް ބޭނުންތެރި މުޙިމް އެއް އަސާސެވެ. އަދި ތަނުގެ މަސްލަޙަތާއި ކުރިއެރުމަށް އެންމެ މުޙިމް އެއްބަހާއެވެ. ރާއްޖޭގެ ތާރީޚަށް ބާލައިރު ދިވެހިރާއްޖޭގައި ރަސްކަމާއި ޖުމުޙޫރިއްޔަތުގެ ވެރިކަމުގެ ނިޒާމް ހިގާ ގޮސްފައިވެއެވެ. ނަމަވެސް ކުރީންސުރެ ދިވެހީންގެ ތެރޭގައި އޮތް ރަސްކަމުގެ ތެރެއިން އައިސްފައިވާ ތަފާތުކުރުމުގެ ސިފަ އަދިވެސް ފިލާ ނުދާކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެކަމުގެ ޙެއްކަކަށް ރާއްޖެ ތެރޭމީހުން މިހާރުވެސް ކިޔާ ކިޔުން ފުދެއެވެ.

ދިވެހިރާއްޖެ ރަސްކަމުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމާއި، އަދި ހައިޖާނުގަޑަކަށް ފަހު ގާނޫނު އަސާސީ ގުޅަކުޅޭ ފަސްގަޑުގައި ގާނޫނޫ އަސާސީއަށް ވެގެންދިޔަ ގޮތާއި ޖުމުޙޫރިއްޔަތު ނިމުނުގޮތާއި، އެއިރު ދިވެހި ޖުމޫރިއްޔަތުގެ ރައީސަށް ލިބުނު އަނިޔާތަކުގެ ވާހަކަ އަކީ މިއަދުވެސް ދައްކަން ޖެހޭ ވާހަކައެކެވެ. ދިވެހީންގެ ތެރެއިން ބާރުގަދަ ބައެއްގެ ނުފޫޒުން ނިކަމެތި މީހާގެ ހައްޤު ނުހޯދޭކަމީ ގިރާވަރު ބޮޑު ސިއްރުގޮތަށް އެންމެނަށްވެސް އެގޭ ހަގީގަތެކެވެ.

ކޮންމެއަކަސް ދިވެހީންގެ ތެރެއިން ގިނަބަޔަކު ބޭނުންވެ ދެވަނަ ފަހަރަށް ޖުމޫރިއްޔަތެއް ގާއިމް ކޮއްފައިވެއެވެ. އަދި އެ ޖުމޫރިއްޔަތުގައި ދެކުނުގައި އުފެދުނު ނުތަނަވަސްކަމާއި އެކަން ހައްލުކުރި ގޮތަކީވެސް ގިނަ ކަންބޮޑުވުންތަކެއް ހުރި ކަންކަމެވެ. ބޮޑުން ކުރާ ކަމެއްގެ ސަބަބުން އާޙިރުގައި އެކަމުގައި ސާމިލްނުވާމީހުންނަށްވެސް އަދަބުލިދެއެވެ. މި ބުނެވުނު ބޮޑުން ނަކީ ނުވަތަ ނަގާކިޔާ މީހުންނަކީ މާ ވިސްނޭ ބައެއްކަމުގައި އެމީހުން އަމިއްލައަށް ދެކި ކުރެވޭ ކަމެއްގެ ސަބަބުން، އާއިޙިރުގައި ހުރިހާ ގެއްލުމެއް ލިބިދަނީ އާންމު ރައްޔިތުންނަށެވެ.

އިންސާފް ގެ ވާހަކަ އަކީ ރާއްޖޭގައި އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. ޙުޞޫމަތެއް އުފެދި  ފަޑިޔާރު ގޭގައި ޓަކިޖެހުމުން އިންސާފް ލިބެނީ ވަކިބަޔަކަށްކަމަށް އަޑުފެތުރެއެވެ. އެފަދަ ބައެއްމަންޒަރުވެސް ފެނިފައި އެބަހުއްޓެވެ. ކޮންމެއަކަސް ދިވެހީން އިންސާފް އާއި ހަމަހަކަމާއި ތާޙިރު ދިރިއުޅުމެއް އުޅޭން ބޭނުންވެއެވެ. އެކަމަށްޓަކައި 2008 އަހަރު އެކުލަވާލި ގާނޫނު އަސާސީން ފުރަތަމަ ވެރިކަމަށް އައި އިއްޠިހާދަކުން ގުޅިގެންނެވެ. ނަމަވެސް ބައިބައިވުން އުފެދި އެވެރިކަން ނިމިގެން ދިޔަގޮތް މިއަދުގެ މިޖީލަށް ކިޔައިދޭކައްނުޖެހޭނެއެވެ. ދެން އެއަށްފަހު އައި ވެރިކަމާއި އެވެރިކަމުގެ ފަރާތުން ފަޑިޔާރުގެއަށް ނުފޫޒް ފޯރުވާކަމާއި، އެކަމުގެ ސަބަބުން  ފަޑިޔާރުގެއިން އިންޠިހާބަށް ނުފޫޒް ފޯރުވާކަށް ކުރެވުނު ތުޙްމަތާއި، އެއިރު އިލެކްސަން ކަމިޝަނުގެ އިސްކޮންތިދެ މެންބަރުންނަށް ވެގެންދިޔަގޮސްވެސް އެހެރީ ފެންނާށެވެ. މި ބުނެވިދިޔަމަގުން ރާއްޖޭގެ އަދުއިންސާފްގެ ކަންކަން ހިގަމުންދާކަމަށް އެންމެހެން އެއްއަޑަކުން ބުނަމުންގޮސް އަދުއިންސާފް ގާއިމް ކޮއްދިނުމުގެ ވައުދާއިއެކު 2018 ވަނަ އަހަރު އަލުން އިއްޠިހާދީ ވެރިކަމެއް ގާއިމް ކުރިއެވެ.

އިންޠިގާލީ އިންސާފްގެ ގާނޫނަކީ މިބުނެވިދިޔަ މަގުން ރާއްޖޭގެ މީސްތަކުންނަށް އިންސާފް ހޯދައި ދިނުމަށް މިއަދުގެ ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ރައްޔިތުންގެ މަޖްލިސްއަށް ހުށައެޅި ބިލުން އުފަންވެފައިވާ ގާނޫނެކެވެ. ނަމަވެސް މިގާނޫނާއި މެދުވެސް ބަޔަކު ފާޑުކިޔައި މިއީ ވަކިބަޔަކަށް މަންފާ ހޯދާންދޭން ފަރުމާކޮއްފައިވާ ގާނޫނެއްކަމަށް ބުނެ ދަނީ އަޑުފަތުރަމުންނެވެ. އެގޮތަށް  އަޑުފެތުރޭ އެއްސަބަބަކީ ގާނޫނުގެ ތެރެއިން އެކި މީސްމީހުންނާއި މެދު ތަފާތުކުރުން އޮތުމުން ނިޒާމާއި ދޭތެރޭ އޮތް އިތުބާރު ގެއްލިފައި އޮތުމެވެ.

އިންޠިގާލީ އިންސާފްގެ ގާނޫނު ގާނޫނު ނަމަބަރ 2020/28 ގެ މައިގަޑުމަގުޞަދަކީ ކޮބައިތޯ ބަލައިލާނަމެވެ. މި ބުނެވިދިޔަ ގާނޫނުގެ މައިގަޑު މަގުޞަދަކީ ތާޙިރު ދިރިއުޅުމެއް ހޯދައި ދިނުމެމެވެ. އަޅުގަނޑު މިހެން ބުނުމުން ބައެއް ފަރާތަކުން އެކަމާއި އެއްބަސްނުވެދާނެއެވެ. ނަމަވެސް އިންސާފް ލިބިއްޖެކަމުގެ ހިންހަމަ ޖެހުން ލިބުމަކީ ދިރިއުޅުމަށް ނަފްސާނީގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމެވެ. އަދި ޒާތީވުމާއި ޙަސަދަވެރިކަން ފިލާދާނެ އެއް ސަބަބެވެ. އިންޠިގާލީ މި ބަހުގެ އަސްސަލަކީ އަރަބި ބަހެކެވެ. ރާއްޖޭގެ ގަޞާއީ ނިޒާމްގައި ބޭނުންކުރާ ގިނަ ބަސްތަކަކީ އަރަބި ބަހުގެ ތެރެއިން ދިވެހި ބަހުގެ ރައްވެހިކަން މިހާރު ހޯދާފައިވާ ބަސްބަހެވެ. އެގޮތުން އިންޠިގާލީ އަކީ ޖުމުލަ ގޮތެއްގައި ބުނާނަމަ، ކަނޑައެޅިފައިވާ ވަކި ދުވަސްވަރެއްގައި ހިގާފައިވާ ކަންކަން ބެލުންމަށް ވަކި މުއްދަތަކަށް އެކަށައެޅި ހާއްޞަ ގޮތެއްގައި އިންޠިޒާމް ވެގެންދާ ވަގުތުތަކެވެ. މިގޮތުން ނިޒާމް ބަދަލުވުގައިވެސް ފުރަތަމަ މަރުޙަލާ ވެގެން ގޮސްފައިވަނީ އިންޠިގާލީ މަރުހަލާއަށެވެ. އެހެނީ ދާޢިމީ ސިފައެއް ގައި ހިގައިގަތުމަށް ވަކިކަހަލަ މަރުޙަލާތައް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މިހާރު ބައެއްކަހަލަ ގާނޫނުތަކާއި ވެރިކަމުގެ ނިޒާމްތަށް ބަދަލުވުމުގައި، އިންޠިގާލީ މަރުޙަލާއެއް އާދެއެވެ. މިގޮތުން އިންޠިގާލީ އިންސާފްގެ ގާނޫނުގައި ބަޔާން ކޮއްފައިވަނީ 1953 ވަނަ އަހަރުން 2018 ވަނަ އަހަރު ނޮވެމްބަރ 17 އާއި ޙަމައަށް ށެވެ. އެގޮތުން ބުނެވިދިޔަ މުއްދަތުގައި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަން އިންތިޒާމީ ސިފައެއްގައި ރޭވިގެން ދަޢުލަތުގެ މުޢައްޞަސާއަކުން ނުވަތަ މުޢައްޞަސާއެއްގެ ވެރިއަކު އެއްވެސް ރައްޔިތަކާއި މެދު ހިންގާފައިވާނަމަ އެކަން ބަލައި އިންސާފް ގާއިމް ކޮއްދެވޭނެއެވެ. މި ބުނެވިދިޔަ ކަންކަން ފުރިހަމަ ކުރުމަށް ލިބެނީ 2 އަހަރު ދުވަހުގެ މުއްދަތުކަމަށްވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

ކޮންމެއަކަސް އިންޠިގާލީ އިންސާފްގެ ގާނޫނު ވުޖޫދުވުމުގެ މައިގަޑު ސަބަބަކީ ބަޔަކަށް މާލީ ބަދަލެއް ދިނުމެއް ނޫނެވެ. މި ގާނޫނު ވުދޫދަށް ގެނައުމުގައި މައިގަޑު 3 މަގުޞަދެއްވެއެވެ. އެއީ ދަޢުލަތުގެ މުޢައްޞަސާއަކުން ނުވަތަ މުޢައްޞަސާއެއްގެ ވެރިއަކު، އިންތިޒާމީ ސިފައެއްގައި އެއްވެސް މީހެއްގެ އަސާސީ ނުވަތަ އިންސާނީ ހައްގެއް ގެއްލުވާލާފައިވާނަމަ، އެކަމުގެ ހަޤީޤަތައް ވާޞިލް ވުމެވެ. ދެ ވަނަ މަޤުޞަދަކީ، މި ބުނެވިދިޔަ ކަމުގެ ހަޤީޤަތް ހޯދުމަށް ފަހު، އެކަމަށް ޖަވާބުދާރީ ކުރުމާއި އިންސާފް ހޯދައި ދިނުމެވެ. ތިންވަނަ ކަމަކީ މި ބުނެވިދިޔަ ކަންތައްތައް އިސްލާޙްކޮއް ތަޙްޒީބް ދަޢުލަތެއް ބިނާކުރުމެވެ.

މި ގާނޫނުގެ ތެރެއިން ހޯދޭނެ ފަރުވާތަށް ވެސް ގާނޫނުގައި ބަޔާން ކޮއްފައިވެއެވެ. އެގޮތުން ހައްލު ލިބިގެންދާނީ، މި ގާނޫނުގެ ދަށުން ހުށައެޅޭ މައްސަލަ ތަކާއި އަމިއްލައަށް އިސްނަގައިގެން އިންޠިގާލީ އިންސާފްގެ އޮފީހުން ބަލާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ އިންސާނީ ނުވަތަ އަސާސީ ހައްޤެއް ގެއްލިފައިވާނަމަ، އެކަން ޝަރުޢީ މަރުޙަލާއިން ހައްލެއް ހޯދައި ދިނުމެވެ. އަދި ޝަރުޢީ މަރުހަލާއިން ކުރިއަށް ގެންދިޔުމުގެ ކުރީން ދެ ފަރާތް ދެމެދު ސުލްހަވެރި ހައްލެއް ހޯދުމަށް އިންޠިގާލީ އޮފީނުން މަސައްކަތް ކުރާނެއެވެ. މި ގޮތުން ސީދާ ގެއްލުމުގެ ބަދަލާއި ނުސީދާ ގޮތެއްގައި ކުރިމަތިވި ގެއްލުމުގެ ބަދަލުވެސް ހޯދައި ދެވޭނެއެވެ. އަދި މީގެ އިތުން ވިކްޓިމް ސަޕޯޓް ދިނުމާއި، ވިޓްނަސް ޕްރޮޓެކްޝަން ދިނުމަކީވެސް އިންޠިގާލީ އިންސާފް ގެ ގާނޫނުގެ ތެރެއިން ހޯދޭނެ ކަންކަމެވެ. މީގެ އިތުރުން ޖަވާބު ދާރީ ކުރުވުމާއި އަލުހިންގި ފަރާތުން މާފަށް އެދުމަށް އެގުމަކީވެސް އެ އޮފީހަށް ލިބިދެވޭ ބާރެކެވެ.

މި ގާނޫނުގައި ދަޢުލަތްކަމަށް މާނަކޮއްފައި ވަނީ ސަރުކާރާއި ދަޢުލަތުގެ މުޢައްޞަޞާތަކާއި ދަޢުލަތުގެ ކުންފިނިތައް ހިމެނޭ ގޮތުންނެވެ. އެހެންކަމުން ދަޢުލަތުގެ ކުންފުއްޏަކުން މި ގާނޫނުގައި ބުނާފަދަ އިންސާނީ ހައްޤެއް ނުވަތަ އަސާސީ މިނިވަންކަން ނިގުޅައި ގަނެވިފައިވާނަމަ އެކަމުގެ ޙައްލު ލިބިގެންދާނެއެވެ.

ޖުމުލަ ގޮތެއްގައި ގާނޫނުގެ މަޤުޞަދަކީ ސުލުހަވެރި ހައްލެއް ހޯދައި ދިނުމާއި، ކުރެވިފައިވަނީ ގޯސްކަމެއްކަން ވިސްނައިދީ މާފްކުރުމުގެ ރީތި އުޞޫލެއް ގާއިމް ކޮއްދިނުމެވެ، އެފަދަ ވެއްޓެއް ގާއިމް ކުރެވިއްޖެނަމަ އަދުލް އިންސާފް ލިބުމާއި ތަޙްޒީބް ދިރުއުޅުމެއް ލިބުމަކީ ވަރަށް ގާތްކަމެކެވެ. ކޮންމެއަކަސް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެކަންކޮއް ނިމުމަކީ ބޭ އިންސާފް ވެފައިވާ ކޮންމެ މީހެއްގެ އުންމީދެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *