logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލިވަޕޫލްއަތުން ލަދުވެތި ގޮތަކަށް ބަލިވުމުން ބޯންމައުތުގެ ކޯޗުކަމުން ޕާކާ ވަކިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު 9-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލްއަތުން ބޯންމައުންތު ބަލިކުރިތާ ތިން ދުވަސް ފަހުން އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ މަގާމުން ވަކިކޮށްފިއެވެ.

ޕްރިމިއާ ލީގުގެ މި ސީޒަންގައި ބޯންމައުތު ހަތަރު މެޗު މިހާތަނަށް ކުޅެފައިވާއިރު އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެޓީމު މޮޅުވީ ފުރަތަމަ މެޗުންނެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް ގޯލެއްވެސް ނުޖެހެއެވެ.

ޕާކާ ވަކީ ބޯންމައުތު އަލުން ޕްރިމިއާލީގަށް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮއްފައެވެ. ޕާކާ މަގާމުން ވަކިކުރުމަށްފަހު ބޯންމައުތުގެ ވެރިޔާ މެކްސަމިން ޑެމިން ވަނީ ޕާކާ ޓީމާއެކު ހޭދަކުރި ވަގުތާއި ޓީމު ބިނާކުރުމަށް ކުރި ބުރަ މަސައްކަތަށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ޕާކާ ވަކިކުރުމަށްފަހު ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވާނީ ގެރީ އޯނީލްއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *