logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ޔާމީން ދިން ފަނަރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރިން: ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަޔޫމްގެ ހާޒިރުގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ގުނާފައި ގެންގޮސް، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ދީފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާތް މީހެއް ކަމަށްވާ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެއްކެތްގެ ގޮތުން ހެކިބަސް ދެމުން ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ އެފައިސާ ގުނީ ދޫވެހީގެ ސިޓިންރޫމުގައި ރައީސް ޔާމީންގެ ހާޒިރުގައި ކަމަށެވެ.

ނަރީޝް ވިދާޅުވީ، ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ޔާމީން އޭނާއަށް ގުޅުއްވި ކަމަށާއި އެއިރު އޭނާ ހުންމެވީ މާފަންނުގައި އޭނާ ދިރިއުޅުއްވަމުން ގެންދެވި ގޭގައި ކަމަށެވެ. އަދި ޔާމީން ގުޅުއްވުމުން ގ. ދޫވެއްސަށް ވަޑައިގެންފައިވާނެ ކަމަށާއި އެ ގެއަށް ވަޑައިގަތުމުން ޔޫސުފް ނައީމް އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެންފައިވާ ކަމަށާއި އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އެ އެއް މިލިއަން ޑޮލަރުގެ އިތުރުންވެސް އެކި ފަހަރު މަތިން ޔާމީން ވިދާޅުވެގެން ކަންކަން ކުރައްވައިފައި ވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *