logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މަގުމައްޗަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވޭ: ފުލުހުން

މަގުމައްޗަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ބޭނުންވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން، މަގުމަތީގައި އުޅޭއިރު ގޯނާކުރުމާއި ފޮށުން، ވަކިން ހާއްސަކޮށް އަންހެނުންނާ ފޮށުމާއި ގަޔަށް އަތްލުން ނުވަތަ ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަަލަތައްވެސް ހުށަހެޅެމުންދާކަމަށެވެ.

"މުޖުތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖުތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖުތަމައު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތެއްގެ އަމަލުތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކެއްކަމުގައި" އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމާއި ފޮށުން އަދި ގަޔަށް އަތްލުން ފަދަ އަމަލެއް މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް ހިންގައިފިނަމަ، އެ އަމަލު ހިންގި މީހަކު ނުވަތަ ބަޔަކާމެދު، އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަގުމަތީގައި ނުވަތަ އެހެންތަނެއްގައި އުޅޭއިރުވެސް ތިމާ އަދި ތިމާގެ އާއިލާގެ މީހަކަށްވެސް އެހެން މީހެއްގެ ފަރާތުން ގޯނާއެއް ލިބި ނުވަތަ އުނދަގުލެއް ފޯރާކަށް އެއްވެސް މީހަކު ނޭދޭނެއެވެ. އެހެންކަމުން މަގުތަކަތަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވެއެވެ.

މަގުމަތިން ނުވަތަ އެހެންތާކުންނަމަވެސް ކުރިމަތިވާ މިފަދަ ކަންކަން ސިއްރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮއްފައެވެ. އަދި މީސް މީޑިއާގައި އާންމުކުރިކަމުގައިވިޔަސް އެކަން ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮއްފައެވެ. އެގޮތުން، ގޯނާ ނުވަތަ ފުރައްސާރަކުރި މީހާ ހުރި ސަރަހައްދު، މީހާގެ ސިފަ، ލައިގެންހުރި އަންނައުނުގެ ކުލަ ފަދަ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަކީ މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހަކަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމަކަށް ވާނެކަމަށް ފުލުހުން ބުނެއެވެ. އަދި  އެއީ އެ މީހާ ނުވަތަ އެ ބަޔަކު ހޯދައި، މައްސަލަ ތަހުގީގުކުރުމުގައިވެސް ފުލުހުންނަށް ފަސޭހަތަކެއް ވެގެންދާނެކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލަ ނުވަަތަ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން ނަންބަރު 119، 3322111 ނުވަތަ އޮންލައިން ކްރައިމް ރިޕޯޓިންގ ޕޯޓަލް މެދުވެރިކޮށްވެސް އެކަން ފުލުހުންނާ ހިއްސާކުރެވޭނެއެވެ. ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ބަލަމުންދާނެ މައްސަލަތަކެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *