logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބަލަހައްޓަން ސްޓެލްކޯއާ ހަވާލުކޮށްފި

އއ. އަދި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯ އާއި އެ 14 ރަށުގެ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮއްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އއ. އަތޮޅުގެ ފަސް ރަށާއި އދ. އަތޮޅުގެ ނުވަ ރަށެއްގެ މަގުބައްތި ސްޓެލްކޯއިން މަރާމާތުކޮށް ބަލަހައްޓާނެއެވެ.

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މި މަސައްކަތާ ސްޓެލްކޯ އިން ހަވާލުވަނީ އެންމެ ފުރިހަމަ ގޮތުގައި މި މަސައްކަތް ކުރުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަގުބައްތިތައް މީގެ ފަހުން ދިއްލިފައި ހުންނާނީ. ދަބަރު ޖަހާފައި ހުރި ހޮޅިދަނޑިއެއް ނުހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ކ. އަދި ވ. އަތޮޅަށް، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހަމަ މި ހިދުމަތް ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *