logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް ފުވައްމުލަކުގެ ކަނޑުއޮޅިން ބޭރަށް

ފުވައްމުލަކަކީ އެވޭލާ ޒަމާނުއްސުރެ ޢިލްމު ހޯދާއި އިލްމު ފެތުރުމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރުވެސް ތަފާތު ދައިރާތަކުން މަތީ ތަޢުލީމު ޚާޞިލުކޮށްގެން ތިބި ފާހަގަކޮށްލެވޭ ދަރިންތަކެއް ތިބި ރަށެކެވެ.

ގާތްގަޑަކަށް 15 ހާސް މީހުންގެ އާބާދީ އެއް އޮންނަ އެ ރަށު ރައްޔިތުން އުއްމީދު ކުރަމުން އައީ ރަށުގައި ތިބެގެން ތަޢުލީމު ހާސިލް ކުރެވޭނޭ ދުވަހަކަށެވެ.  ރައްޔިތުން ދެކެމުން އައި މި ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ 2014 ވަނަ  އަހަރު ވޫޖުދަށް ގެނެވުން ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުންނެވެ.

ފެންވަރު ރަނގަޅު ތަޢުލީމެއް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަމާޒުކަމަށް ދެކި،ފަށައިގަތް މި ކޮލެޖުން  ހިންގި ތަފާތު ޕްރޮގްރާމަކުން މިހާތަނަށް 1913 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

އަދި މިހާރުވެސް ސެޓްފިކެޓް ލެވެލް 3ކުން ފެށިގެން މާސްޓަރސް ޑިގްރީއާއި ހަމަޔަށް އެކި ދާއިރާތަކުން 73 ޕްރޮގްރާމެއް ހިންގަމުންދެއެވެ.  އޭގެތެރޭގައި ވިޔަފާރިއާއި ހިންގުމުގެ ދާއިރާ، ސައިންސާއި ހިއުމޭނިޓީސްގެ ދާއިރާ، އާޓްސް އާއި ތަޢުލީމީ ދާއިރާ، ޢަރަބި އަދި އިސްލާމީ ތަޢުލީމުގެ ދާއިރާ ހިމެނެއެވެ.

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ވަކި ފަންތިއަކަށް ބެލުމެއް ނެތި ތަޢުލީމް ފޯރުކޮށް ދިނުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިކަމުގެ އަލިގަދަ އެއް ހަޤީޤަތަކީ އެކޮލެޖުން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާގެ ކޯސްތަކެވެ. މިގޮތުން "ކޮމިއުނިޓީ ބޭސްޑް ނޭޝަނަލް ސްކިލް ޓްރެއިނިން ޕްރޮގްރާމް"  ތައްވެސް ތަފާތު ދާއިރާ ތަކުން ކުރިއަށް ގެންދެއެވެ. މީގެ ތެރޭގައި ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، އިވެންޓް މެނޭޖްމަންޓް، އަތްތެރި މަސައްކަތް، އިންވެންޓްރީ މެނޭޖްމަންޓް، ފެޝަން ޑިޒައިނިންގ އެންޑް ޓެއިލަރިންގ، ވެލްޑިންގ ޓެކްނީކްސް، އިލެކްޓްރީޝަން، ފާރމަސީ، އަދި ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް ކޯސްތައް ހިމެނެއެވެ.

ކޮންމެއަކަސް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއެކު،  ފުވައްމުލަކުގެ އެކިއެކި ދާއިރާތަކުގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފުންނަށް އުފާވެރިކަން ގެނުވިއެވެ. ކޮލެޖުން ފަހިކޮށްދިން ފުރުސަތުތަކާއެކު މިހާރު އެރަށުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރޭގައި އެ ކޮލެޖުގެ ދަސްވެނީންގެ ޢަދަދު ނިސްބަތުން ގިނަކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ތަކުގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ވަޒީފާގެ ބާޒާރަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ތަޢުލީމު ޙާޞިލް ކުރުމަށް މަގުފަހިވެގެންދާ ގޮތަށް ކޮލެޖުގައި ހިންގަމުންދާ ކޯސްތައް ބައްޓަން ކުރުމަކީ ވެސް އެ ކޮލެޖުން ރަށުގައި ތަޢުލީމީ ޖީލެއް ބިނާ ކުރަމަށް ކުރަމުންދާ މަސައްކަތުގެ ވަރުގަދަ ހެއްކެކެވެ.

އެ ކޮލެޖުގެ ކޯސްތައް ފުވައްމުލައް ހިމެނޭހެން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ފަށައިގަތް ނަމަވެސް، ކޮލެޖުން މިއަދު އަމާޒު ހިފައިފައިވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކޯސްތައް ހިންގުމަށެވެ. މިގޮތުން މިވަގުތު ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންގެ އާބާދީ އަށް ބަލާއިރު %80 އަށް ވުރެ ގިނަ ދަރިވަރުންނަކީ އެހެނިހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. މިހިނގާ ސެޕްޓެންބަރު މަހުގެ ތެރޭގައި ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ޓީޗިންގ (ޤުރުއާން)، ބެޗެލަރ އޮފް ޓީޗިންގ (ޤުރުއާން)، ބެޗެލަރ އޮފް ސައިންސް އިން ނަރސިންގް އެންޑް މިޑް ވައިފްރީ، ސެޓްފިކެޓް 4 އިން ނަރސިންގ، ސެޓްފިކެޓް 4 އިން ޓީޗިންގ، ސެޓްފިކެޓް 4 އިން ފާމަސީ، އަދި ސެޓްފިކެޓް 3 އިން ފާމަސީ ހިމެނެއެވެ. މިކޯސްތަކަށް ވަނުމުގެ ފުރުސަތު އަދިވެސްވަނީ ހުޅުވާލެވިފައެވެ. އެކޮލެޖުން ހިންގާ އެހެނިހެން ކޯސްތަކުގެ މައުލޫމާތު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

ކޮންމެއަކަސް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ މިސްރާބު މިހާރު ހުރީ  ރަށުގެ އޮޅިގަނޑުން ބޭރަށެވެ. މިވަގުތު ފުވައްމުލަކާއި މާލޭގައި ކެމްޕަސް ޤާއިމުވެފައިވީނަމަވެސް ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި ކޯސްތަކަށް ޑިމާންޑް އޮންނަވަރު ބެލުމަށްފަހު އެ ސަރަޙައްދުތަކުގައި ކޯސްތައް ހިންގުމަށް އެކޮލެޖުން ވަނީ ނިންމާފައިއެވެ.  އެގޮތުން މިހާރުވެސް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓުގެ 'ރެސިލިއެންޓް ވޯކްފޯސް ޕްރޮގްރާމް’ގެ ދަށުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް 3 ގެ އަތްތެރި މަސައްކަތުގެ ކޯސް ފ. ނިލަންދޫ އާއި އެ އަތޮޅު ބިލެއްދޫގައި ފެށިގެން ކުރިއަށް ދެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ  ފުރަތަމަ ޑިގްރީގެ ގިނަ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކުދިންގެ އަތުން އިތުރު ޚަރަދަކާއި ނުލާ ހިންގޭ ޕްރޮގްރާމްތަކެވެ. ހަމަ މިއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންމެހައި ޤަވާއިތުތަކާއި، އުޞޫލުތަކާއި ސްޓޭންޑަޑްތައް އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ހިންގޭ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ކޮލެޖުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ކަށަވަރު ކުރެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ދޭ ތައުލީމީ ޚިދުމަތަކީ ރަނގަޅު ފެންވަރުގެ ޚިދުމަތަކަށް ހެދުމަށް ކޮންމެ ސެމިސްޓަރ އެއްގައި ދަރިވަރުންގެ ފީޑްބެކް ނެގުމާއި ވަކި ވަކީން ކޮންމެ ބެޗަކާއި ބައްދަލުކޮށް ދަރިވަރުންގެ އަޑުއަހައި، ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަކީ އަބަދުވެސް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އަހައްމިއްޔަތުކަން ދޭ ކަމެކެވެ.

ކަންމިހެން ހުރުމާއެކެ ފެންވަރު ރަނގަޅު ތަޢުލީމެއް އަތްފޯރާފަށެއްގައި ހޯދައިދިނުމަށްޓަކައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ކުރަމުންދާ މަސައްކަތީ އަގުހުރި މަސައްކަތެއް ކަން ޔަޤީނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *