logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
ކުއްލި ޚަބަރު

ގާފަރު ހުދަންބަރު ދޯނި ފަރަށް އަރައި ކުދިކުދިވެއްޖެ

10 ޓަނު މަހާއެކު ދަތުރު ކުރަމުން ދިޔަ ގާފަރު "ހުދަންބަރު" ދޯނި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ ފަތިހު މި ދޯނި އަރާފައިވަނީ ފ. އަތޮޅު "ހިމިތި" ކިޔާ ފަރަކަށެވެ. ދޯނި އަރާފައިވަނީ  ދޯނީގެ ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްއަތަށް ހުންގާނު ދިން ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ދޯނި އަރާފައިވަނީ ވަރަށް ބޮޑަށް ރާޅު މުގުރާ މައި ތޮއްޓަށް ކަމަށްވާތީ ދޯނި ވަނީ މެދުން ބިންދައިގެން ގޮސް ބައިބައި ވަކިވެފައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަން ކުރަމުންދިޔަ ހުދަންބަރު ދޯނި، ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *