logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވީ މިނިސްޓަރު ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *