logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ކުރިން އާސެނަލްއަށް 4 ޕޮއިންޓްގެ ލީޑެއް

ޕްރިމިއަރ ލީގުގައި ޓޮޓްނަމް ބަލިކުރި ފުރަތަމަ ޓީމަކަށް ލީގުގެ އެއްވަނާގައި އޮތް އާސެނަލް

އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓްނަމްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ކްލަބަކަށް އެންމެ ފޯމުގައި ލީގު ފެށި އާސެނަލް ވެއްޖެއެވެ. ނޯތް ލަންޑަން ޑާބީގައި އާސެނަލް އާއި ޓޮޓްނަމް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކުރީ 3 – 1 ނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ލީގުގެ އެއްވަނާގައި އޮތް އާސެނަލްއެވެ. މިލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ ޑިފެންސިވް މިޑްފިލްޑަރ ތޯމަސް ޕާޓޭ އެވެ. އާސެނަލް ލަނޑު ޖަހާ ލީޑް ނެގިތާ އެގާރަ މިނެޓު ފަހުން ޓޮޓްނަމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ އާސެނަލް ޕެނަލްޓީ އޭރިއާތެރެއިން ރިޗާލިސަންއަށް ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފް އެކެއް އެކަކުން ދެޓީމް އެއްވަރުވެގެން ނިމުން އިރު ދެވަނަ ހާފް ފަށައިގެން 5 މިނެޓުވެސް ނުވަނީސް އާސެނަލްއިން ވަނީ އަލުން ލީޑްނަގާފައެވެ. މިލަނޑަކީ ޓޮޓްނަމްގެ ކެޕްޓަން އަދި ގޯލްކީޕަރ ހޫގޯ ލޮރިސްއަށް ހެދުނު މިސްޓޭކްއެއްގެ ފައިދާ ނަގާ ގެބްރިއަލް ޖެސުސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އާސެނަލްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅަށް ކުޅެމުންއަންނަ ތަޖްރިބާކާރު މިޑްފިލްޑަރ ގްރަނިޓް ޒަކާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އާސެނަލްގެ ތިންވަނަ ލަނޑު އެޓީމުން ޖެހީ ޓޮޓްނަމްގެ ޑިފެންޑަރ އެމާސަން ރޯޔަލްއަށް ރަތް ކާޑުދެއްކި ފަހުންނެވެ. އެމާސަންއަށް ރަތްކާޑު ދެއްކީ އާސެނަލްގެ މާޓަނެލީއަށް ކުރި ފައުލް އަކާ ގުޅިގެންނެވެ.

މި ނަތީޖާ އާއެކު އާސެނަލްއިން ވަނީ ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރިން 4 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެހެންނަމަވެސް ލީޑް އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލީގުގެ ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް އެބޮތެވެ. އެއީ ކުރިއަށް އޮތް މެންޗެސްޓަރ ޑަރބީގައި ވާދަވެރި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *