logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެއްއެންޑީއެފުން އިލްތިމާސްކޮއްފި

ބ.ތުޅާދޫގެ ހުޅަނގު އުތުުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮއްފިއެވެ.

އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރުދެކުނަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮއްފައެވެ.

ނަމަވެސް މިއުޅަނދާ ބެހޭ އެެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ