logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އޭޝިއަން ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމް - ފޮޓޯ: ތޮލާލް-ޓުވިޓާ

ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމް ނަގައިފި

4 ވަނަ އޭޝިއަން ޔޫތް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން އެތްލެޓިކްސް ޓީމް ނަގައިފިއެވެ. މިމަހުގެ 13 އިން 16 އަށް ކުވޭތުގައި ކުރިއަށްދާ ޔޫތް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ ފަސް އެތްލީޓުންނެވެ.

ޒުވާން އެތްލެޓިކްސް ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، ޔޫސުފް އާއިޝް މުހައްމަދު، މުހައްމަދު މިންހާލް ޝާމިން، މަރިޔަމް ރޫޔާ އަލީ އަދި ރާއްޖޭގެ އެއްވަނަ ދިގުފުންމުން އެތްލީޓް އިބްރާހިމް ނާހިލް ނިޒާރުއެވެ.

ނާހިލް ވަނީ ރާއްޖޭގެ ގިނަ ދުވަސްވީ ދިގު ފުންމުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން މުގުރާލާފައިއެވެ. ޒުވާން މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނީ ގިނަ އެތްލީޓުންނަކީ ނިމިގެންދިޔަ ކޮމަންވެލްތް ގޭމްސް އާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައިވެސް ވާދަކޮށް އިންޓަރނޭޝަނަލް ތަޖްރިބާ ހުރި އެތްލީޓުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *