logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު ފެށިއްޖެ

ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު، 25 ޤައުމެއްގެ ކުޅުންތެރިންނާއެކު ކުޅިވަރު އެކުވެނީ އިންޑޯ ހޯލްގައި ފެށިއްޖެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއީ މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ 7 ވަނަ މުބާރާތެވެ.

މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022

މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *