logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

މިހާލަތުން އަރައިގަނެވޭނީ ޓެކްސް ބޮޑުކޮށްގެން: ފިނޭންސް މިނިސްޓަރު

ކޯވިޑުގެތެރޭގައި ވިޔަފާރިތަކަށްވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެދިން އެހީއާއެކު ދައުލަތުގެ އިތުރުވި ދަރަނިން އަރައިގަނެވޭނީ ޓެކްސް ނަގާ މިންވަރު ބޮޑުކޮށްގެން ކަމަަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، ކޯވިޑުތެރޭގައި އިޤްތިސާދަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަމުންދިޔަ ގެއްލުންތައް ކުޑަކުރެވި، އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރިކަމަށެވެ. އެހެން ނަމަވެސް އޭރު ވިޔަފާރިތަކަށް ވަމުންދިޔަ އެހީތަކަކީ އޭގެ ބުރަ ސަރުކާރުން އުފުލަން ޖެހުނު ކަމެއްކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

"އެ ހުރިހާ މީހުންނަށް އެކަން ކުރީމައި، އެ ފުރުސަތު ހުޅުވާލީމައި ޖަމްޕު ޖަހަން ފުރުސަތު ލިބުނީ އެކަން އެގޮތަށް ކުރީމައި، އެކަން އެގޮތަށް ކުރީމައި އޭގަ ކޯސްޓެއްވެސް އެބައޮތް، އެ ކޯސްޓަކީ ޕަބްލިކް ފައިނޭންސްއަށް ވަރަށް ބޮޑު ހިޓެއް ނެގުން ދައުލަތުގެ ދަރަނިވެސް އިތުރުވެގެން ދިޔުން، އެހެންވީމައި އެކަން ކަން ރަނގަޅު ކުރުމަށްޓަކައި، ޖީއެސްޓީ، ޓީޖީއެސްޓީ މި ބޮޑު ކުރަން ހުށަހަޅަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *