logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އިޤްތިޞާދަށް ކުރީ ފައިދާ: ނާޝިޒް

ދާދިފަހުން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކުގައި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އޭގެ ހެޔޮ ނަތީޖާ ފެންނަ ކަމަށް ދުނިޔެވެސް ހެކިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި މަޖިލީހުގެ ކޮމެޓީގައި ވާކަހަދައްކަވަމުން ނާޝިޒް ވިދާޅުވީ، އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުން ދިވެހި ރައްޔިތުންނަށާއި، ޤައުމަކަށް އޭގެ ފައިދާ ކޮއްފައިވާ ކަމަށެވެ. ކޯވިޑްގައި މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ދަތިތަކުގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކާއި ނިންމި ނިންމުންތަކަކީ އޭގެ ހެޔޮ ނަތީޖާ މުޅި ޤައުމަށް ކުރި ނިންމުންތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ. އެހާލަތުގައިވެސް ސަރުކާރަށް ފާޑުކިޔައި ނިންމި ނިންމުންތަކާއި ދެކޮޅު ހެދި ބަޔަކުވެސް ތިބިކަމަށާއި، ނަމަވެސް އޭރު އެނިންމި ނިންމުންތަކުން ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެދުވަހު ދެކޮޅު ހެދި ބޭފުޅުންވެސް ގަބޫލުކުރައްވާކަމަށް ނާޝިޒު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ ޤައުމަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ އިޚުލާސްތެރި ގޮތެއްގައި މިކަން ކޮށްދިނުމަށް އެންމެ މުހިންމު ނިންމަކީ ކޮބައިކަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަދަކީ އަމިއްލަ ޕޮލިޓިކަލް އެޖެންޑާ ހާސިލް ކުރުމަށްޓަކައި ޤައުމު ހަލާކާއި ދިމާލަށް ގެންދަން އެޅެންވީ ވަގުތެއްނޫން." ނާޝިޒު ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ނިންމާ ނިންމުމަކީ ކުރިމަތީގައި ބޮޑު އިންތިޚާބެއް އޮތްވާ ސަރުކާރަށް ފަސޭހަ ނިންމުމެއް ނޫންކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މަސްލަހަތަށް ވުރެ ޤައުމު އިސްކުރައް ވަނީ ޤައުމަށް ލިބޭނެ ގެއްލުން މާބޮޑުވެދާނެތީކަމަށް ނާޝީޒު ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *