logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ޕޯސްޓުން ރާއްޖެއަށް އެތެރެކުރި 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަރި ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 1008.87 ގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 2,522,175.00 (ދެ މިލިއަން ފަސްލައްކަ ބާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

މިމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކު އަތުލައިގަނެ ފުލުހުންނާ ހަވާލުކޮއްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަތް މަސްތުވާތަކެތިވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަން ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، މާރޗު މަހުގެ 1 ވަނަ ދުވަހު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވާއިރު، ދެވަނަ ފަަހަރު ޕޯސްޓް މެދުވެރިކޮށް ރާއްޖެއައި ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، ޖޫން މަހުގެ 29 ވަނަ ދުވަހުވަނީ 526 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *