logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަރުޝަދު ހައްޔަރުކުރުމަށް ނެރުނު އަމުރު ގޯސް: ސްޕްރީމް ކޯޓު

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުގައި ބެއްޓުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓަށް ނެރުނު އަމުރާއި ގުޅިގެން އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިމައްސަލާގައި އިސް ފަނޑިޔާރަކީ ފަނޑިޔާރު މަހާޒު ޒާހިރެވެ. މައްސަލައިގައި މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަޑާލް ވަނީ ތާއީދު ކުރައްވާފައެވެ.

މިމައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާތު ޤާނޫނާއި، ޝަރީއަތް ކުރުމުގެ ގަވާއިދުގެ ދަށުން ކަންކަން ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން މިމައްސަލާގައި އަމަލުކޮށްފައިވާކަން އެގެން ހުރިކަމަށެވެ. އަރުޝަރު ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ހާޒިރުވާންޖެހޭ ގަޑިއެއްވެސް ބަޔާންކޮށްފައެއް ނެތެވެ. ޝަރީއަތް ކުރުމުގެ ގަވާއިދުގައި ކޯޓަށް މީހަކު ހާޒިރުކުރާނަމަ އަންގާ ލިޔުމުގައި ހާޒިރުވާންޖެހޭ ގަޑިއާއި ހާޒިރުވާންޖެހޭ ސަބަބު ބަޔާން ކުރަން ޖެހެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަރުޝަދު ހައްޔަރުކުރިކަން ފުލުހުން ޔަގީންކޮއްދިނީ އޭނާ ދޫކޮއްލުމުގެ 12 ގަޑިއިރު ކުރިންނެވެ.

2020 ވަނަ އަހަރު މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭގެ ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު އޭނާ ހުރީ ދުބާއީގައެވެ. އަދި ފަހުން އޭނާ ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *