logo minivan

English

ބުދަ, 24 އޭޕްރިލް 2024

ރިސޯޓް ލީގު: ބ ޒޯންގެ ޗެމްޕިއަންކަން ނޮޓިލަސްއަށް، އެންމެ މޮޅު ކޯޗަކަށް އިސްމަ

ރިޒޯޓް ލީގައި ހިމެނޭ ބ ޒޯންގެ ޗެމްޕިއަންކަން ނޮޓިލަސް މޯލްޑިވްސް ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަޤާމް އެރިސޯޓްގެ ކޯޗް އިސްމަ ހޯދައިފިއެވެ.

މުބާރާތުގެ ތަށި ނޮޓިލަސް މޯލްޑިވްސް ހޯދީ މުބާރާތް ބާއްވާ ފޯސީޒަންއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މެޗް ކާމިޔާބުކޮށްގެންނެވެ. އެ ރިސޯޓުން މުބާރާތް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަގެ ރިކޯޑަކާއެކުގައެވެ. 2 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ޒޯންގެ މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރިއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރިސޯޓް ލީގުގެ އެންމެ ކާމިޔާބު ކޯޗް އިސްމާއިލް އިބްރާހިމް "އިސްމަ"އެވެ. އިސްމައަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކާމިޔާބު ކޯޗެކެވެ. ފާއިތުވި 2 އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ބޭއްވި ހުރިހާ ބެޑެތި ފުޓްސަލް މުބާރާތަކުން އިސްމަ ފެނިގެން ގޮސްފައިވެއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މި ސަބަބާހެދި ފުޓްސަލްގައި މިހާރު އެންމެ ޑިމާންޑްބޮޑު ކޯޗަކީ އިސްމައެވެ. އިސްމަ ފާހަގަކުރެވިފައިވަނީ ކުޅުންތެރިން ގެންގުޅެން އެނގޭ އެންމެންނާ ގުޅޭ ހުނަރުވެރި ކޯޗެއްގެ ގޮތުގައެވެ.

އިސްމަ ކޯޗްކޮށްދިން ޓީމުތައް ހޯދާފައިވާ ބައެއް ކާމިޔާބީތައް

2018 ވަނަ އަހަރު އިންޓަރިޒޯޓް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ކަނޑިމާ މޯލްޑިވްސް

2019 ވަނަ އަހަރު އިންޓަރިޒޯޓް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ހޮލިޑޭއިން ކަނޑޫމާ ރިސޯޓް

2019 ވަނަ އަހަރު ގޯލްޑެން ފުޓްސަލް ޗެލެންޓް ކ. އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ

2020 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ލީގުގެ ދ ޒޯންގެ ޗެމްޕިއަންކަން ކަނޑިމާ މޯލްޑިވްސް

2020 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ލީގުގެ ދ ޒޯންގެ އެންމެ މޮޅު ކޯޗްގެ މަޤާމް

2020 ވަގުތު ފުޓްސަލް ޗެލެންޖްގެ 3 ވަނަ ފުވައްލުމަކު މާލެގަން

2021 ވަނަ އަހަރު ކްލަބް މޯލްޑިވްސްކަޕްގެ ރަނަރަޕް ފިއުލް ސަޕްލައި މޯލްޑިވްސް

2022 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ދ ޒޯންގެ ލީގުގެ އެންމެ މޮޅު ކޯޗްގެ މަޤާމް

2022 ވަނަ އަހަރު އިންޓަރރިސޯޓް ފުޓްސަލް މުބާރާތުގެ ދ ޒޯންގެ ޗެމްޕިއަންކަން ކަނޑިމާ މޯލްޑިވްސް

2022 ވަނަ އަހަރު އިންޓަރރިސޯޓް ފުޓްސަލް މުބާރާތުގެ ބ ޒޯންގެ ޗެމްޕިއަންކަން ނޮޓިލަސްއަށް ހޯދައިދިނުން

ރިސޯޓް ލީގު 6 ފަހަރު ބާއްވާފައިވާއިރު މީގެތެރެއިން 5 ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ އިސްމަ ކޯޗްކޮއްދިން ޓީމުތަކެވެ.

މީތެރެއިން 3 ފަަހަރު ދ ޒޯންގެ ކަނޑިންމަ ރިސޯޓަށް ވަނީ ތަށި ހޯދައިދީފައެވެ. އެއީ 2018، 2020 އަދި 2022 އެވެ.

އިސްމަ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާ ދަށަށް ދިޔައީ ރަނގަޅު ކުޅުންތެރިން ނުއުފެއްފޭތީ ކަމަށެވެ.

"ކުޅުންތެރިން އުފެދޭނެ ގޮތެއް އަސްލު ނެތީމަ. ފުޓްބޯޅައިގެ ރަން ޖީލެއް އައިސް ރާއްޖެއަށް ރަން މެޑަލް ހޯދަދިން ފަހުން ކުޅުންތެރިންނެއް ނުއުފެދޭ. ނުފެނޭ އެފެންވަރުގެ ކުޅުންތެރިންނެއް. އެކަަޑަމީތައްވެސް މަދުވެފަ މިހާރު ހުރި އެކަޑަމީތައްވެސް ރަނގަޅަށް ކުރިއަށްގެންދާނެ ފައިނޭންސްއާއި ވަސީލަތްތައް މަދުވީމަ ކަމަށް ޤަބޫލުކުރަނީ ދިވެހި ފުޓްބޯޅަ މިހާ ދަށަށް މި ދިޔައީ." އިސްމަ ބުންޏެވެ.

އިސްމަ ބުނީ ފުޓްބޯޅައަށްވުރެ ފުޓްސަލްގެ ފޯރި ގަދަވާ ސަބަބަކީ ފުޓްސަލްއިން ލިބޭ އާމްދަނީ ރަނގަޅުވުމުން ކަމަށެވެ.

"އެއް ކަމަކަށް ކުޅުންތެރިންނަށް ކުޑަ ދުވަސްކޮޅަކުން ލިބޭ އާމްދަނީ ރަނގަޅު ފުޓްސަލްގަ. ވަރަށް ރަނގަޅު އެއްޗެއް ލިބޭ. އެހެންވީމަ ފުޓްބޯޅައިގައި ކުރާ މަސައްކަތައްވުރެ ފުޓްސަލްގަ ކުރާ މަސައްކަތް މާ ރަނގަޅު. ސަޕޯޓަށް ބެލިޔަސް ފުޓްބޯޅައާ ފުޓްސަލްގެ ތަފާތު ފެނިގެންދާނެ. މުޅި ދަނޑު ފުރާލާނެ ރާއްޖޭގެ ކޮންމެ ހިސާބެއްގަ ފުޓްސަލް މުބާރާތެއް ބޭއްްވިޔަސް. އެކަމަކު ފުޓްބޯޅައިގައި ހިލޭ ވަދެވުނަސް ގިނަ ފަހަރަށް 50 މީހުންވެސް ހަމަނުވޭ ކުޅިބަލަން. މިއީ ފުޓްބޯޅައާ ފުޓްސަލްގެ ތަފާތު." އިސްމަ ބުންޏެވެ.

އިސްމަ ބުނީ މިދާއިރާއަށް އާ ކުޅުންތެރިން އުފައްދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"އަސްލު އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ އާ ކުޅުންތެރިން އުފެއްދުން. އާ ކުޅުންތެރިން މި ދާއިރާއަށް ނެރުން. ކޮންމެ ކުޅުންތެރިއެެއްވެސް ގަދައަޅާ މަސައްކަތްކުރީމަ ކާމިޔާބުވާނެ. މިއީ ނަމަކުން ވާ ކަމެއް ނޫން." އިސްމަ ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *