logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސަރުކާރުން ބޭނުންވި ގޮތަށް ޓެކްސް ބޮޑުކުރަން ފާސްކޮއްފި

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުން ހުށައަޅާފައިވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމާއެކު މިހާރު 6 ޕަސެންޓް ނަގަމުންދާ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކުރާށެވެ. ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމެޓީން ފާސްކޮއްފައިވަނީ ސަރުކާރުން ހުށައެޅި ގޮތަށެވެ. މި ބިލްގެ ބަހުސްގެ މަރުހަލާގައި މިދަނޑުވަޅުގައި ޓެކްސް ބޮޑުކުރުމަށް ބައެއް މެމްބަރުން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ޓެކްސް ބޮޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަަމެއް ކަމަށެވެ. އަދި އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޓެކްސް ބޮޑުކުރަން ރައީސް ނިންމެވި ނިންމެވުމަކީ އަމިއްލަ މަސްލަހަތައްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވުން ކަމަށް ބައެއް މެމްބަރުން ސިފަކުރެއްވި އެވެ.

ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ. މި ބިލް ފާސްކުރަން ވޯޓަށް އެހުމުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެބްރަކު ހިމެނެއެވެ. ބިލް ފާަސްކުރުމާ ދެކޮޅަށް އެމްޑީޕީން ވޯޓްދެއްވީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *