logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސިންގަޕޯ އެއާރލައިންސްގެ އެންމެ ބޮޑެތި ބޯޓުތައް ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާރލައިން ކަމަށްވާ ސިންގަޕޯ އެއާރލައިންގެ އެއާރބަސް އޭ 350 މަރުކާގެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށައިފިއެވެ.

ސިންގަޕޯ އެއާރލައިނުން ރާއްޖެއަށް އޮޕަރޭޓް ކުރަންފެށި އޭ 350 މަރުކާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން ރޭ 22:10 ހާއިރުއެވެ. އެއާރބަސް އޭ 350 މިބޯޓުތަކުގައި 303 ފަސިންޖަރުނަށް ދަތުރުކުރެވޭ އިރު ސިންގަޕޫރާއި މާލެއާ ދެމެދު މި މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާރލައިނުން ހާމަކުރެއެވެ. ސިންގަޕޯ އެއާރލައިނުން ކޮންމެ ދުވަހަކު 2 ދަތުރު މާލެއަށް ކުރަމުން އަންނަ އިރު މި އެއާރލައިނުން ރާއްޖެއަށް އެއާރބަސް އޭ 350 މަރުކާގެ ބޯޓުތައް އޮޕަރޭޓް ކުރަން ފަށާފައި މި ވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ. ސިންގަޕޫރާ މާލެއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތު ބާއްވަމުން އަންނަނީ ސިންގަޕޫރުގެ ޤައުމީ އެއާރލައިނާއި ސައުދީ އަރަބިއްޔާގެ ޤައުމީ އެއާރލައިނުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ