logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަރަބިއްޔާގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ބަޖެޓުގައި ހިމެނޭ: ތަރުޖަމާނު

ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ އާއިމާރާތް އެޅުމަށް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓްގައި ނެތުމުން ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާ މި ދަނޑިވަޅުގައި ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތަކީ 29 ސެޕްޓެމްބަރު 2022 ގައި އަމިންކޮންސްޓްރަކްޝަނާއި ޙަވާލުކުރެވިގެން މިހާރުވެސް ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. މިޢްވާން ވިދާޅުވީ، ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނޭ ކަމަށާއި، ބައު ޖަމާލުއްދީން ހުރި ބިމުގައި، އަޅާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، އެތަނާއި ޖެހިގެން އަޅާ، ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން ޢިމާރާތަށް ޖުމުލަ 168 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަމަށެވެ. އަދި ކުރީގެ ޢަރަބިއްޔާ ސްކޫލަށް ވުރެ އަލަށް އަޅާ ޢިމާރާތުގައި އެތައް ވަޞީލަތްތަކެއް ފުރިހަމަކުރެވި، ކުރިއަށްވުރެ މާބޮޑަށް ޖާގަ ތަނަވަސް، ޒަމާނީ ސްކޫލަކަށް ޢަރަބިއްޔާ ސްކޫލް ވެގެންދާނެކަން ފާހަގަކުރައްވައި އެކަމުގެ ތަފްޞީލްތައްވެސް މިޢްވާން ވަނީ ޙިއްޞާކުރައްވާފައެވެ.

ޢަރަބިއްޔާ ސްކޫލުގެ މައްސަލައިގައި ނޫސްވެެރިން ކުރެއްވި ސުވާލުތަކުގެ އިތުރުން، ނޫސްވެރިން ކުރެއްވި އެހެން ސުވާލުތަކަށްވެސް މިޢްވާން ވަނީ ޖަވާބު ދެއްވާފައެވެ. މިގޮތުން، އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއި އެގޮތަށް އެކަން ކުރިޔަށްދާނެ ކަމުގައި މިޢްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ މޮރިޝަސްގެ މެދުގައި، ކަނޑުގެ ސަރަހައްދު ބެހުމާއި ގުޅޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިޢްވާން ވަނީ، އައިސީޖޭގެ ނިންމުމާއި ގުޅިގެން، ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމަކުން އިޓްލޮސްގައި ކުރިޔަށްދާ މައްސަލައަށް އަސަރެއް ނުކުރާނެކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އެމައްސަލައިގައި ކުރީގެ ސަރުކާރުތަކުން ޢަމަލުކުރައްވާފައިވާ ގޮތްތައް ތަފްޞީލްކޮށްދެއްވައި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރާއްޖެއަށް އެންމެ ފައިދާވާނޭ ގޮތަށް މައްސަލަ ނިންމުމަށް ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *