މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ދެން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެޕާޓީގެ ތަރުޖަމާން ޝިދާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަން ރޭ ބޭއްވި އެޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައި ވާކަމުގައެވެ.
މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަން ދާދި ދެންމެ އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމައިފި.
— Shidhatha Shareef (@iamshidhatha) November 2, 2022
އެންއެމްޕީގެ ރައީސް ދަނގެތީދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމާއި ނައިބްރައީސް އަބްދުﷲ ރިޔާޒަކީ މި ސަރުކާރު ގެނައުމުގައި މަސައްކަތް ކުރެއްވި 2 ބޭފުޅުންނެވެ. އަދި މި ސަރުކާރު އައި ފަހުން ރައީސް ސޯލިހާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އަދި ސަރުކާރަށާއި ރައީސް ސޯލިހަށް ތާއީދުކޮށް އެތައް ވާހަކަތަކެއް ދެއްކެވިއެވެ. ނަމަވެސް އެމްއެމްޕީ އުފެދި އަންނަ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާނެކަން އިއުލާން ކުރުމަށްފަހު އެޕާޓީން ގެންދަނީ ސަރުކާރުގެ ސިޔާަސަތުތަކަށް ފަޑު ކިޔަމުންނެވެ.