logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަނަންތަރަ ރިސޯޓްގައި މޫދަށް ވެއްޓުނު މޮރޮކޯ އަންހެން މީހާ މަރުވެއްޖެ

ބ.އަތޮޅު އަނަންތަރަ ކިހާވައް ރިސޯޓްގެ ފާލަންމަތިން ބަގީއެއްގައި ދޫއްވަފައި ދަނިކޮށް މޫދަށް ވެއްޓުނު އަންހެން މީހާ ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭ 10:42 ހާއިރުއެވެ. މިހާދިސާގައި މަރުވީ މޮރޮކޯ 26 އަހަރުގެ އަންހެނެކެވެ.

އެއަންހެން މީހާ ވަޒީފާއަަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އެރިސޯޓްގެ ބަޓްލަރެއްގެ ވަޒީފާއަދާ ކުރަމުންދިޔަ އެ އަންހެން މީހާ މޫދަށް ވެއްޓުނު ވަގުތު އޭނާ މޫދުން ނެގީ ވޯޓަރވިލާ ޖެޓީމަތީގައި ތިބި ފަތުރުވެރިންގެ ބައެއްކަމަށް ރިސޯޓުން މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި އެ އަންހެންމީހާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިހާދިސާގައި ބަލަން ޖެހޭ ކަންކައް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *