logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެނުންގެ ގޮފީގެ ޗެމްޕިއަންކަން މަޑިފުށި ހޯދައިފި

މިހާރު ކުރިއަށްދާ ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެނުންގެ ގޮފީގެ ޗެމްޕިއަންކަން މަޑިފުށި ހޯދައިފިއެވެ.

މަޑިފުށި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުބާރާތް ބާއްވާ ވޭމަންޑޫއާ ބައްދަލުކޮށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. މަޑުފުށިން ސެޓްތައް ގެންދިޔައީ ފަންސަވީސް ނަވާރަ ފަންސަވީސް އެކާވީސް އަދި ފަންސަވީސް ސަތާރައިންނެވެ.

މި މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށާއި އެންމެ މޮޅު ކޯޗަށް ވަނީ އިނާމު ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މަޑިފުށީ ޓީމަށް ކޯޗްކޮއްދިން ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް ނަދީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީވެސް މަޑިފުއްޓެވެ. ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގައި 6 ޓީމް ވާދަކުރިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *