logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނަސްރުގެ ދުވަސް އެމްއެންޑީއެފުން ކުލަގަދަކޮށް ފާހަގަކޮއްފި

މިއަހަރުގެ ނަސްރުގެ ދުވަސް އެމްއެންޑީއެފުން ކުލަގަދަކޮށް ފާހަގަކޮއްފިއެވެ.

މިދުވަހުގެ ހަރަކާތްތައް ސިފައިންގެ ހުރިހާ މަރުކަޒްތަކުގައި ޖަމާއަތުގައި ފަތިސް ނަމާދުކުރުމަށް ފަހުގައެވެ. މާލޭގައި ސިފައިން ފަތިސް ނަމާދުކޮއްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

އެއަށްފަހު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ތިނެއް ނޮވެންބަރު ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާ މާރިޔާ އަޙުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އާ ކުރުން އޮތްއިރު، ސިފައިންގެ ޢަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.


މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެއިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ނެރޭ މަޖައްލާ، "އައްޑަނަ" ގެ 32 ވަނަ ޢަދަދު، މިއަދު ވަނީ ޝާއިޢު ކޮއްފައެވެ. ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާއަކީ، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ.
މިއަދު ނެރުނު ޢަދަދުގެ ތީމަކީ، "ދިފާޢީ އައްޑަނަ" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނީ، ޞިއްޙީ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުއްތައް ހިމަނާފައިވެއެވެ.

މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓްގައި މިހާރު ޝާއިޢުކުރެވިފައިވާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި އެމްއެންޑީއެފްގެ ސެންޓަރުތަކުގައި ވެސް މި ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *