logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އީޔޫއަށް ރާއްޖެއިން ބޭރުކުރާ ކަނޑުމަހުން ނަގާ ޑިއުޓީއާމެދު އެއްބަސްވުމަކަށް އާދެވޭނޭކަމުގެ އުއްމީދު ބޮޑު: ޝާހިދު

ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި އެއްވިސްނުމުގެ ޤައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށް ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި މީޑިއާއެއް ކަމަށްވާ މޯނިން ޓްރޭޑް ޔޫކޭއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ޤައުމަކަަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައި ވާކަމަށާއި، މިފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ޤައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މަޢާފުކޮށްފައިވާއިރު، ދިވެހިރާއްޖެއަތުން ނަގާ ޓެކްސް އަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެއެވެ. މަސްގަންނަ ކުންފުނިތަކުން ބުނާ ގޮތުން މަސްވެރިންނަށް ރަނގަޅު އަގު ނުދެވެނީ ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ބޮޑުވުން ކަމަށެވެ. މިކަން ހައްލުކުރުމަށް އީޔޫއާއެކު މަޝްވަރާ ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ